ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މަގާމެއް އަދާކުރަމުން އައި ފާތިމަތު މަލީހާ ޖަމާލު، އެތަނުން ވަކިކުރީ ޣާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައި، އޭނާއަށް އަނބުރާ ވަޒީފާ ދޭން ކުރި ހުކުމް ސުޕްރީމް ކޯޓުންވެސް މިއަދު ދަމަހައްޓައިފި އެވެ.
ޖޫން، 2013 ގައި، ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑް މަލީހާ ވަޒީފާ އިން ވަކިކުރީ އެ ބޭންކުގެ ފަރާތުން އޭނާ އާއި އިތުރު ބަޔަކު އޮގަސްޓް، 2012 ގައި ކުރި ދަތުރެއްގެ ޚަރަދު އަނބުރާ ހޯދުމުގައި ނުކުރާ ޚަރަދުތަކެއް ހޯދަން އުޅުނު ކަމަށް ބުނެ އެވެ. ފަހުގެ އިންޒާރު ދިނުމަށް ފަހު އެއް އަހަރުގެ މުސާރައިގެ ކުރިއެރުމާއި އަހަރީ ބޯނަސް ހިފެހެއްޓުމަށް ފުރަތަމަ ބޭންކުން ނިންމި ނަމަވެސް އެ ނިންމުން އިސްތިއުނާފު ކުރަން ބޭންކުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށް މަލީހާގެ ފަރާތުން ހުށަހެޅުމުން އެ ނިންމުމަށް ބަދަލު ގެނެވޭނެ ތަނެއް ނެތް ކަމަށް މާޗް، 2013 ގައި ނިންމި އެވެ. ހަމަ އެ މައްސަލައިގައި އެއަހަރުގެ ޖޫން މަހު ބޭންކުން ނިންމީ މަލީހާ ވަޒީފާ އިން ވަކި ކުރުމަށެވެ.
Articl Inline Image
އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނޮވެމްބަރު، 2014 ގައި ނިންމީ މަލީހާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ، އޭނާއަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. އެ ނިންމުން ބޭންކުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ޑިސެމްބަރު، 2016 ގައި ހައި ކޯޓުން ވެސް ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރި އެވެ.
ބޭންކުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެކޯޓުން ކުރި ހުކުމުގައި ވަނީ، މަލީހާ އަށް ފަހުގެ އިންޒާރު ދިނުމަށް ފަހު، އޭނާ ވަޒީފާ އިން ވަކިކުރީ ފަހުން އެއް ކަމަކާ ގުޅިގެން ކަމަށެވެ. އެގޮތަށް އަމަލުކުރީ ފަހުން ލިބުނު އާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ބީއެމްއެލްގެ ފަރާތުން ބުންޏަސް، އެއީ އެންމެ ފުރަތަމަ މަލީހާއާ މެދު ފިޔަވަޅު އަޅަން ނިންމިއިރު ވެސް ލިބިފައި އޮތް މައުލޫމާތެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މައުލޫމާތަށް ބިނާކޮށް ފަހުގެ އިންޒާރު ދޭން ނިންމުމަށް ފަހު، އެއް އަމަލަކާ ގުޅިގެން އިތުރު ފިޔަވަޅެއް ބޭންކަށް އެޅިދާނެ ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
Twitter Embeded
މިމައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު އެވެ.
މި މައްސަލައިގައި މަލީހާގެ ފަރާތުން ވަކާލާތު ކުރެއްވީ، ކުރީގެ ނައިބު ރައީސް އަދި ސަލްޓަން ޗެމްބާސް ލޯފާމުގެ މުއައްސިސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ބީއެމްއެލްގެ އިސް މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ