ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ފެންނަ ސައިކަލުތައް ފުލުހުން ޓޯކޮށްފި

ސިނަމާލެ ބްރިޖާއި މާލެ-ހުޅުމާލެ ހައިވޭ މަގުގައި ނުރައްކާތެރިކޮށް ސައިކަލު ދުައްވާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ސައިކަލުތަކެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 
ފުލުހުން މިހެން ބުނީ މި ވީޑިއޯ ވައިރަލްވެ، އާންމުންގެ ގިނަ ކަންބޮޑުންތަކެއް ފާޅުކޮށް، މިހެން އުޅަނދުތަކުގައި އުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ. މި ވީޑިއޯއަށް ސޯޝަލް މީޑިއާގައި ކޮމެންޓު ކުރި ގިނަ ބަޔަކު ވަނީ މި ކަހަލަ ކަންކަން އާންމުވެފައިވާ ކަމަށް ވެސް ބުނެފަ އެވެ. 
Enterprise Development Industrial Pvt Ltd
MU STORE
MU STORE
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން އެ އިދާރާއިން މީޑިއާތަކަށް ބުނީ  ބްރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، 30 ދުވަހުގެ މުއްދަތަކަށް ޓޯކޮށްފައިވާ ކަމަށެވެ. 
"ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން، 2026 ޖުލައި 25 ވަނަ ދުވަހު ވަނީ 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފަ،" ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ސައިކަލުތައް ޓޯކުރިޔަސް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. 
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި ގިނަ އަދަދަކަށް މަގުމަތީގެ އެކްސިޑެންޓުތައް ހިނގަ އެވެ. ބައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވާއިރު، އެހެން މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. މި ފަހުން ވެސް މާލޭގައި ކޮންޓެއިނަރު އުފުލާ ޓްރެއިލަރެއް ދަށުވެ މީހެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ