ކުރިއަށް އޮތީ ކުރިން ދެކެފައި ނުވާ މިންވަރުގެ ދަތި ދުވަސްތަކެއް: ރައީސް ވަޙީދު

މިހާތަނަށް ދިވެހިން ތަޖުރިބާނުކުރާ މިންވަރުގެ ދަތިކަމެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވެދާނެ ކަމުގައި ކުރީގެ ރަައީސް އަދި އިދިކޮޅު ކޯލިޝަނުގެ މުސްތަޝާރު ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ޕާކިސްތާނުގެ އަރަބް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޙީދު ފާހަގަކުރެއްވި ގޮތުގައި އިޤުތިޞާދީ ކަންކަން ބަލަހައްޓަން ސަރުކާރަށް ނޭނގުމުގެ ސަބަބުން ދިވެހިރާއްޖެއަށް ދީފައިވާ ކުރެޑިޓް ރޭޓިން ދިން މުއައްސަސާތައް ކަމުގައިވާ ފިޗްއާއި މޫޑީސްއިންވަނީ ދަށްކޮށްފައެވެ. 13 އިންސައްތައިން ޙަޤީޤީ ޖީޑީޕީ ދަށަށް ދިއުމުގެ ސަބަބުން ވަރަށް ބޮޑު ދަތިކަމެއް ޤައުމަށް ކުރިމަތިވާނެ ކަމުގައި ވަޙީދު ފާހަގަކުރެއްވިއެވެ. އަދި އިޤުތިޞާދީ ގޮތުން ކުރިމަތިވެފައިވާ ދަތިކަމުގެ ތެރެއަށް ޑޮލަރު ޕްރިންޓުކުރުމާއި ޑޮލަރު މަދުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް އިތުރުވެފައިވާ ކަމުގައި ވަޙީދު ވިދާޅުވިއެވެ. އެގޮތުން ކޯޓުން ބޭރުގައި ގިނަ ޢަދަދަކުން ފައިސާ ދިނުމަށް ނިންމައި އެފައިސާ ދިނުމުގެ ސަބަބުން ސަރުކާރުގެ އަތުގައި ފައިސާ ހުރި މިންވަރު މަދުވެފައިވާ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ. ދަރަންޏަށް ބައިންލައަޤުވާމީ މުއައްސަސާތަކުން ފައިސާ ލިބޭ މިންވަރު މަދުވެފައިވާއިރު ދައުލަތުގެ ރިޒާވުގައި ފައިސާ ހުރި މިންވަރު ދަށަށް ދިއުމުގެ ސަބަބުން ބޭރު ޤައުމުތަކުން ފައިސާ ދަރަންޏަށް ނެގުމުގެ މައްޗަށް ރާއްޖެ ބަރޯސާވާންޖެހިފައިވާ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ. އިޤުތިޞާދީ ގޮތުން މިސަރުކާރު ފޭލިވެފައިވުމުގެ އިތުރަށް ރައީސް ނަޝީދު ބާރުތައް ޖަމާކުރައްވާތީ އެކަމަށްވެސް ވަޙީދު ފާޑުވިދާޅުވިއެވެ. އެގޮތުން ބާރުތައް ވަކިވެފައިވާ ނިޒާމު ހީނަރުކުރައްވާތީ ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެފައިވާ ކަމުގައި ވަޙީދު ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ ހިންގުމުގެ ބައެއް ބާރުތައް މަޖިލިހަށް ނެގުމާމެދު ޑރ.ވަޙީދު ކަންބޮޑުވެވަޑައިގަތުން ފާޅުކުރެއްވިއެވެ. އޭގެ އިތުރަށް ސިޔާސީ ވާދަވެރިންގެ ޝަރީޢަތްތައް ޓީވީން ދުރަށް ދައްކައިގެން ޢާންމުންގެ މެދުގައި އެފަރާތްތަކާމެދު ނަފުރަތު އުފެއްދުމަށް އެމްޑީޕީން މަސައްކަތްކުރާ ކުރުމާމެދުވެސް ޑރ.ވަޙީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެއްވެސް އަސާސެއް ނެތް ތުހުމަތުތަކާއި ނުފޫޒު ފޯރުވައިގެން ވަކި އަމާޒަކަށް ހިންގާ ޝަރީޢަތްތަކާމެދު ވަޙީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ