އެމް.އެމް.ޕީ.އާރު.ސީ.ގެ ހިޔާނާތުގެ ފައިސާއިން މަނީލޯންޑަރ ކުރުމުގައި ތުހުމަތު ކުރެވޭ، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލް ކޮށްފި އެވެ. ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި މިވަނީ އެދުވަހުގެ ދުވަހުގެ 13:30 އަށެވެ.
މިމައްސަލާގައި ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއާއި, މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާ އެވެ.
މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވޭ އަހުމަދު ކްރިކް ރިޒާގެ އަޑުއެހުމެއް މާދަމާގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ