ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކު: މައުމޫނު

ރިޔާސީ ލޯންޗުކޮޅުގެ ހާދިސާ ހިނގައި ދިޔަގޮތް ރައީސް އަބްދުﷲ ޔާމީން ސާފުކޮށްދިނީތީ އުފާ ކުރައްވާ ކަމަށާއި ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކުކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ. ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ބޮމެއް ގޮއްވާލުމުގައި ޕީޕީއެމް ބައިވެރިވެފައިވާ ކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ އަޑުތައް ފަތުރަމުންނެވެ. އެފަދަ ވާހަކަތަކަށް ރައްދުދެއްވައި ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް ޔާމީނާ އެކު ކަމަށާއި ހިނގައިގެން އުޅޭ ކާރިސާ ރައީސް ޔާމީނަށް ހައްލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރައްވާނެ ކަންވެސް ޔަގީން ކުރެވޭ ކަމަށް މައުމޫނުގެ ޓްވީޓްގައި ވަނީ ވިދާޅުވެފަ އެވެ. Thank you President for briefing me. PPM will remain steadfast in support, confident you will solve the crisis, lead us to further stability — Maumoon Abdul Gayoom (@maumoonagayoom) October 21, 2015 މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ފިނިފެންމާ ލޯންޗުކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އަށް ހަމަލާ ދިނުމަށް ގޮވާއެއްޗެއް ހަރުކޮށްފައި ވަނީ އެމަނިކުފާނު އިއްނަވާ ގޮނޑިކޮޅުގެ ދަށުގައި ކަމަށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ދުވަހު އިއްތިފާގުން ރައީސް އެ ގޮނޑިކޮޅުގައި އިށީނދެވަޑައިނުގަންނަވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ލޯންޗުކޮޅުގެ ތަހުގީގަށް ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ. އަދި އެތަނުން އެކަކީ ބަޑި ގުދަނުގައި މަސައްކަތް ކުރާ މީހެކެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ލޯންޗުކޮޅުގެ ތަހުގީގަށް ކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ. އަދި އެތަނުން އެކަކީ ބަޑި ގުދަނުގައި މަސައްކަތް ކުރާ މީހެކެވެ. ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވުމުގެ ހާދިސާއެއް ހިނގާފައި މިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޖުގެ އަޅުކަމަށް ފަހު ރައީސް އާއި އަނބިކަނބަލުން މާލެ ވަޑައިގަތުމަށް ލޯންޗު އިއްޒުންދީން ފާލަމާ ކައިރިކުރަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ