އަޅުގަނޑުގެ ނަމުގައި ފޭކް މެސެޖްތައް ނެރެނީ ބޮމުގެ ހާދިސާ ފޮރުވަންއުޅޭ މީހުންނަށް ވެދާނެ: އުމަރު
ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަންފުޅުގައި ދައުރުވަމުންދާ 'ފޭކް މެސެޖްތައް' ނެރެނީ ބޮމުގެ ހާދިސާ ފޮރުން އުޅޭ ބަޔަކު ކަމަށް ވެދާނެ ކަމަށް އުމަރު ވިދާޅުވެއްޖެއެވެ. އުމަރު މިރޭ ސަންއަށް ވިދާޅުވީ، އެ މެސެޖްތަކަކީ އޭނާގެ އަގު ވައްޓާލަން ނުވަތަ ނަޒާހަތްތެރިކަން ގެއްލުވާލަން ނެރުމުންދާ މެސެޖްތަކެއް ކަމަށެވެ. "... އަޅުގަނޑުގެ އަގު ވައްޓާލުމަށް ނުވަތަ އިންޓަގްރިޓީ ގެއްލުވާލުމަށް ފޭކް މެސެޖްތައް ނެރޭމީހުންނަކީ ބޮމުގެ ހާދިސާ ފޮރުވަން އުޅޭ މީހުންނަށް ވުމީ ވަރަށް ގާތް ކަމެއް،" އުމަރު ވިދާޅުވިއެވެ. މިރޭ ސަންއާ ވާހަކަ ދެއްކެވުމުގެ ކުރިން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެގައި ވަނީ އޭނާގެ ނަންފުޅުގައި އިތުރު ސްކްރީން ޝޮޓެއް މިއަދު އަނެއްކާވެސް ދައުރުކުރަމުންދާ ކަމަށެވެ. ހޯމް މިނިސްޓަރާ ގުޅުވައިގެން ދައުރުކުރަމުންދާ ސްކްރީންޝޮޓްތަކުގައި ދައްކުވައިދޭން މަސައްކަތްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ދަތުރުކުރެއްވި ފިނިފެންމާ ލޯންޗް ކޮޅުގައި މިދިޔަ މަހު 28 ވަނަ ދުވަހު އެއްޗެއް ގޮވި ހާދިސާއާއި ނައިބު ރައީސް އަހުމަދު އަދީބާ ގުޅުމެއްވާ ކަމަށް އުމަރު ނިންމަވައިގެން ހުންނެވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ