ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި އަލީ ރަޝީދު ޙުސައިނާ ޑރ. މުހައްމަދު އިބްރާހީމްގެ ނަން ކޮމިޓީއަށް ފޮނުއްވައިފި
ސްޕްރީމް ކޯޓްގެ ބެންޗުން މަދުވާ 2 ފަނޑިޔާރުންގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކްރިމިނަލް ކޯޓް ހިންގުމާއި ހަވާލުވެ ހުންނެވި ޤާޟީ ޢަލީ ރަޝީދު ޙުސައިން އާއި މަޝްހޫރު ޤާނޫނީ ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހީމް ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީކޮމިޓީއަށް ފޮނުވައިފިއެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ޙުސައިން ވަނީ ސްޕީރިއަ ހިނަ ކޯޓްތަކެއްގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓް ހިމެނެއެވެ. ޢަލީ ރަޝީދު މިހާރު ހުންނެވީ ކްރިމިނަލް ކޯޓްގެ ޤާޟީއެއްގޮތުން އެކޯޓް ހިންގެވުމާއެވެ. ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ މަޝްހޫރު ޤާނޫނީ ވަކީލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ