ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމަނިކުފާނުގެ ސަރުކާރުގައި ވޮޓު އޮޅުވާލައިފައި ނުވާނެ ކަމަށް ވިދާޅުވުމުން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ރައްދު ދެއްވައިފިއެވެ.
ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 2008 ވަނަ އަހަރު ނެގި ރިޔާސީ އިންތިހާބު ވޯޓު އޮޅުވާލެވިފައި ނުވަނީ އެ އިންތިހާބު ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށްވެފައި، ގާނޫނުއަސާސީގައި ވޯޓުލާ ސައިޓުގައި ވޯތު ފޮށި ކަނޑައި، ވޯޓު ގުނަން ޖެހޭ ކަމަށް ބަޔާންކޮށް އެތައް "ސޭފްގާޑެއް" ލާފައިވާތީ ކަމަށެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ ހުރިހާ އިންތިހާބެއްގެ ވޯޓު އޮޅުވަމުން އައި ނަމަ 2008 ވަނަ އަހަރު ނެގި ވޯޓުވެސް އޮޅުވާނުލެވެންވީ ކީއްވެގެންތޯ އާ އެކަމަށް ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.
މައުމޫން މިފަދައިން ވިދާޅުވެފައި ވަނީ ނިޒާމާ ގުޅޭ ގޮތުން 2007 ވަނަ އަހަރު ނަގާފައިވާ ވޯޓު އޮޅުވާލައިފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައުމޫންގެ ވެރިކަމުގައި ހުރިހާ ވޯޓެއް އޮޅުވާލައިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 2007 ވަނަ އަހަރު ރާއްޖޭގެ ނިޒާމާއި ގުޅޭ ގޮތުން ނެގި ވޯޓު ވެސް ވަނީ އޮޅުވާލައިފައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މައުމޫން އޮޅުވާ ނުލާ ވޯޓަކީ ހަމައެކަނި 2008 ވަނަ އަހަރު ނެގި ރިޔާސީ އިންތިހާބުގެ ވޯޓު ކަމަށާއި، އެއިން އެމަނިކުފާނު ވަނީ ފެއިލް ވެފައި ކަމަށެވެ.
މައުމޫން ވޯޓު އޮޅުވައެއް ނުލަމޭ ވިދާޅުވުމުން ދިޔާނާގެ ވަރުގަދަ ރައްދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ