ކޯޓުތަކާ ކުޅޭނަމަ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅާނެ: ގާސިމް

ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ސްޕްރީމް ކޯޓުގެ ބެންޗަށް ކުޅެފިނަމަ، ބައިނަލުއަގްވާމީމުޖުތަމައުން ރާއްޖެއާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކިީ ގާނުނު އަސާސީ އާއި ހިލާފަށް ހުށަަހަޅާފައިވާ އިސްލާހެއް ކަމަށާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލުގެނެވޭނީ ފަނޑިޔާރަކުން މަގާމުން ވަކިކުރެވޭނެ ހާލަތްތަކަށް ބަލާ އެކަންކަން ފުރިހަމަކުރުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ ސްޕްރީމް ކޯޓުގެ ބެންޗަށް ކުޅެފިނަމަ ބައިނަލްއަގުވާމީ ޖަމާއްތަތަކުން ރާއްޖެ ބަލައި ނުގަނެ ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށާއި އެދުވަހަކުން ރައްޔިތުން ތިބޭނީ ކޮން ހާލަތެއްގައިތޯ ސުވާލު އުފެދޭ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ފަނޑިޔާރުން ވަކިކުރެވޭ ގޮތްތައް ގާނޫނު އަސާސީގައި ކަނޑައަޅަފައިވާ ކަމަށެވެ. އަދި ސަރުކާރާ މަޖިލީހުގައި ބައެއްގެ ބާރު އޮތުމުން ކޮންމެ ގޮތަކަށް ކަންތައްތައް ކުރެއްވި ނަމަވެސް ގާނޫނާއި ހިލާފަށް މީހުން ވަކިކުރުމަށް ގާނުނަށް ބަދަލުގެނެސްގެން ކަންކަންކުރާތީ ހިތާމަކުރައްވާ ކަމަށާއި އެއީ ގައުމުގެ ތެރޭގައި ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައިވެސް ވިދާޅުވި އެވެ.
"ގާނޫނީ ވެރިކަމެއްގެ ތެރޭގައި ގާނުނީ ހައިސިއްޔަތުން ކަންތައް ކުރެވޭ ގޮތާއި ހިލާފަށް ކަންތައްތައް ދަނީ. މިފަދަ ތާކުންތާކުން ނުޖެހޭ އިސްލާހެއް އެޖެންޑާ ކޮށްގެންް ކުރިއަށް ގެންދާތީ ހައިރާންވޭ. މިފަދަ އިސްލާހެއްގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ އަގުވެއްޓިގެންދާނެ ވަރާއި ރައްޔިތުންނަށް ލިބިދާނެ ގެއްލުމެއް ވިސްނަންތޯ. ގާނުނު އަސާސީއަށް ބަދަލު ގެންނައިރު ބޮޑު އަގުލަބިއްޔަތެއް ހޯދަންޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާީ އިސްލާހު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް ކޮންމެ ސަރުކާރުންވެސް ޝަރުއީ ދާއިރާ އާއި ދޭތެރޭ ކަންތައް ކުރަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހުކުރެވޭނީ ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.
ޝަރުއީ ދާއިރާއަށް އަންނަ އަހރަށް ކަނޑައަޅާފައިވާ ބަޖެޓަށް ރިއާޔަތް ކުރައްވާ ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާއަށް ހުށަހަޅާފައިވާ ބަޖެޓަށް ވުރެއް ފުލުހުންނަށް ހުށަހަޅާފައިވާ ބަޖެޓްވެސް މާ ބޮޑު ކަމަށާއި އެކަމުން ދޭހަވެގެންދަނީ ސަރުކާރުން ޝަރުއީ ދާއިރާއަށް ދޭ އަޅާލުން ކުޑަ މިންވަރު ކަމަށެވެ.
"ކޯޓުތަކުގައި ތިބޭ މުއައްޒަފުންނާއިި އެތަނުން ދޭންޖެހޭ ޓްްރެއިންތަކާއި ފަނޑިޔާރުންނަށް ދޭންޖެހޭ ގާބިލުކަމާއި އުމުރާނީ ގޮތުން ހަމަޖައްސައިދޭންޖެހޭ ކަންތައްތަކެއް ނުކޮށްދޭ. ކޮންމެ ރަށެއްގަ ކޯޓު ހުންނަންޖެހޭ، އެކަމަކު ރަނގަޅު މުސާރައެއް ނުދޭ. ބޮޑެތި މައްސަލަތައް ނިންމަން ހުންނަ ފަނޑިޔާރަކަށް 15 ޕަސެންޓްވެސް ނުލިބޭ،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނަށް ބޭނުންވާ ތަންވަސްކަން ދައުލަތުން ހޯދައިދޭންޖެހޭ ކަމަށާއި އިމާރާތުގެ ގޮތުންނާއި ފެސިލިޓީގެ ގޮތުންވެސް ކަންތައްތައް ކޮށްދޭންޖެހޭ ކަމަށެވެ. ނަމަވެސް އެކަންތައްތައް ނުވެގެންދަނީ ސަރުކާރުގައި އެފަދަ ހިތްވަރެއް ނެތުމުން ކަމަށް ވިދާޅުވި ސަރުކާރަށް ފާޑު ވިދާޅުވި އެވެ. ކަމަށެވެ. އަދި ވިދާޅުވީ ވަގުތު ފާއިތުވުމުން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި ކޮންމެ ކަމެއްވެސް ކުރަންވާނީ ވަކި ހައްދެއް ހުދޫދެއްގެ ތެރޭގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ