ސްޕެއިން ޓީމަށް އެޤައުމުގެ ބޮޑުވަޒީރު މަރުހަބާ ވިދާޅުވެއްޖެ

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އަލްޖީރިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ސަންޗޭޒް ސްޕެއިން ޤައުމީ ޓީމަށް މަރުހަބާ ވިދާޅުވެފައިވަނީ އަލްޖީރިއާގެ ރައީސް އާއި އެކު އެޤައުމުގެ ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ސްންޗޭޒް ވިފާޅުވީ މިއަދަކީ ސްޕެއިންއަށް ވަރަށް ކާމިޔާބު އަދި އުފަލުން ފުރިފައިވާ ދުވަހެއް ކަމަށާއި އެހެން ކަމުން މިއުފާވެރިކަން އެޤައުމަށް ގެނެސްދިން ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކޯޗިންގ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާކަމަށެވެ. އަދި މިއީ ސްޕެއިންގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާބީއެއް ކަމުގައި ސްޕެއިންގެ ބޮޑުވަޒީރު ސިފަކުރެއްވިއެވެ.
މިދިޔަ އާދިއްދުވަހުގެ ރޭ ނިމިގެންދިޔަ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ބައްދަލުކޮށް ސްޕެއިން ކުރި ހޯދީ ބަދަލު ކުޅުންތެރިޔާ ފެރާން ޓޯރޭޒް އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.
ސްޕެެއިން ޤައުމީ ޓީމު މިހާރުވަނީ ވޯލްޑް ކަޕް ތައްޓާއެކު އެބުރި ޤައުމަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ