ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި

ހުޅުމާލޭގައި ހުންނަ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ތަހުގީގުކުރަން ފުލުހުން ފަށައިފި އެވެ. 
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުން ދީފައިވަނީ ފުރަތަމަ ފިޔަވަހީގައި ހުންނަ އަޒީޒާ މިސްކިތަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިސްވާން ދަނިކޮށެވެ. 
މިއީ ކޮން ބަޔަކު، ކީއްވެ ކުރި ކަމެއް ކަން ނޭނގެ އެވެ. އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. 
މާލެ ސަރަހައްދުގައި ހުންނަ މިސްކިތްތަކަށް ގެއްލުންދޭ މައްސަލަތަކެއް ދޭތެރެދޭތެއިން ފެންމަތިވެ އެވެ. މިފަހުން މާލޭގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑެއް ވެސް ތަޅާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ