ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ކަނޑުހުޅުދޫ މުދިމު ހައްޔަރުކޮށްފި

ގއ. ކަނޑުހުޅުދޫގައި އުމުރުން 55 އަހަރުގެ ފިރިހެނަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ކަނޑުހުޅުދޫގެ އުމުރުން 55 އަހަރުގެ މީހަކު އިއްޔެގެ ވަގުތެއްގައި އެރަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ބަންދަށް ގއ. ވިލނގިލި މެޖިސްޓްރޭޓް ކޯޓުން ތިން ދުވަސް ޖަހައިދީފައިވާ ކަމަށާއި، އެމީހާ މިވަގުތު ހުރީ ފުލުހުންގެ ހައްޔަރުގައި ވިލިނގިލީގައި ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ ތަފްސީލާއި ޖިންސީ ޝިކާރައަކަށްވި އަންހެން ކުއްޖާގެ އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.
ކަނޑުހުޅުދޫ އިން ހައްޔަރުކޮށްފައިވަނީ އެރަށު ވިޒާ، މުހައްމަދު ދީދީ ކަމަށް ކަނޑުހުޅުދޫ އިން ވީނިއުސް އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ. އަދި އޭނާއަކީ އެރަށު މިސްކިތުގެ މުދިމެއް ކަމަށް ވެސް އެމީހާ ބުންޏެވެ. ދީދީ ޖިންސީ ގޯނާ ކުރީ 12 އަހަރުގެ ކުއްޖަކަށް ކަމަށާއި، ދީދީ އެކުއްޖާއަށް ޖިންސީ ގޯނާ ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ވެސް ބުނެ އެވެ. އަދި އިއްޔެ އެކަން ފަޅާއެރީ އެކުއްޖާ އެވާހަކަތައް އާއިލާއަށް ކިޔައިދިނުމުން ކަމަށް ވެސް އެމީހާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ