ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގައި އޭނާގެ ކުށެއް ނެތްކަމަށް ދަށުކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.
ނާޒިމްގެ މައްޗަށް ވަނީ ހަތަރު ދައުވާއެއް ކޮށްފައެވެ.އެއީ މިސްކިތްތަކުގައި ހަރުކުރުމަށް ސައުންޑް ސިސްޓަމްތަކެއް ގަތުމަށް ސަރުކާރުން އިއުލާން ނުކުރަނީސް މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ ކުރާ ދައުވާއާއި އާއި ބަނދަރު ބައްތިތަކެއް އެޓޮލްސް މިނިސްޓްރީ އަށް ހޯދުމުގަ އާއި އެ މިނިސްޓްރީ އަށް 15،000 ދިދަ ގަތުމަށް ކުރި އިއުލާނަ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބުކުރި ކަމަށް ބުނެ ކުރާ ދައުވާއެވެ.
އެ ހަތަރު މައްސަލަ ވެސް ނިންމާ މިއަދު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ހަތަރު މައްސަލައިގަ ވެސް ކުށްކުރި ކަމަށް ބެލެވެނީ އެ ކުންފުނިތަކުގެ މުވައްޒަފުން ކަމަށެވެ،އަދި އެ ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތަކުގައި މުވައްޒަފުން ސޮއިކުރީ ވެސް ނާޒިމް ބުނެގެންކަން އެނގެން ނެތް ކަމަށެވެ.
އެ ހުކުމުގައިވާ ގޮތުން، ހެކިން ހާޒިރުކުރުމަކީ ފަނޑިޔާރުންގެ މައްޗަށް ލާޒިމް ކަމެއް ނޫން ކަމަށާއި އެއީ ފަނޑިޔާރުންނަށް ލިބިގެންވާ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެއް ކަމުން އެ ހެކިން ހާޒިރު ނުކުރަން ދަށު ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ވެސް އެ ހުކުމުގައިވެ އެވ .
މި ހަތަރު ދައުވާއަށް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ.
އެހަތަރު މައްސަލަ ވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމް އިއްވާފައެވެ. އެމައްސަލަތައް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ ދައުލަތުގެ ފަރާތުންނެވެ.
ނާޒިމްގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ