ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން އިލްތިމާސް ކޮށްފިއެވެ.
މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުން ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ، ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާކަމަށްވެއެވެ. އެހެންކަމުން ފެން ބޮޑުވުމާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ރައްކާތެރިވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކުރެއްވިއެވެ.
ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުގެ ތެރޭގައި، ވާރޭ ވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުމަށާއި ގެއަށް ފެން ނުވަންނާނެހެން ގޭދޮރުމަތީ ވެލިބަސްތާ ޖެހުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގަވާފައިވެއެވެ.
ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގޭގައިވާ މުދަލަށް ގެއްލުން ނުވާނެ ފަދަ ފެން ނުޖެހޭފަދަ އުސްތަނަކަށް ބަދަލް ކުރުމަށް އަދި އުސް ތަންތަނަށް ބަދަލުނުކުރެވޭފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ފަދަ ތަނަކަށް ބަދަލުކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ވައިގަދަ ވުމުގެ ސަބަބުން ފުރާޅު އެއަލާލަފާނެކަމަށް ލަފާކުރެވޭނަމަ ކުރިޔާލައި ވައު ބޭނުންކޮށް ބަނދެ އަދި އެއްލާލަފާނެހެން ހީވާ މުދާ ބަނދެ ރައްކާތެރިކުރުމަށް އަންގަވާފައިވެއެވެ.
ބޭނުން ނުކުރާނަމަ ކަރަންޓް ސާމާނު ނިއްވާފައި ބެހެއްޓުމަށާއި އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށާއި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމު ފުރިހަމަ އަށް ޔަގީން ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ނެޝަނަލް ޑިސާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ އިން އެދެނީ މިކަން ކަމަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްޞަ ސަމާލު ކަމެއް ދިނުމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެންޑީއެމްއޭ އިން އިލްތިމާސް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ