ކޮވިޑް19: ކާފިއު ގަޑި ހަވީރު 4:00އަށް އަވަސްކޮށްފި

މާލޭގަައި ހަވީރު 4:00 އިިން ފަތިހު 4:00 އަށް މާދަމާއިން ފެށިގެން ކާފިއު ހިންގަން ނިންމައިފިއެވެ.މާލޭ ސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވަނީ ފަހަކަށް އައިސް ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ކޮންޓްރޯލުން ނެއްޓިފައިވަނިކޮށެވެ.ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އަށް ވުރެ މަތީގަ އެވެ. އަދި ފާއިތުވި ދެ ދުވަހު، ބެކްލޮގް އާއެކު، ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ.މިގޮތަށް ނިންމާފައިވަނީ 12ވަނަ ދުވަހުން ފެށިގެން އަންނަ އަންގާރަވަނަދުވަހުގެ ނިޔަލަށެވެ. ހަމައެއާއެކު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށްވެސްވަނީ އަންގަވާފައެވެ. އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލަން ވަނީ އަންގައިފަ އެވެ. އެފަދަ ތަންތަނުން ދެވޭނީ ހަމައެކަނި ޑެލިވަރީ އަދި ޓޭކްއަވޭ ހިދުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ