ރައީސް މައުމޫން ޕީޕީއެމް ކޯލިޝަނާ ގުޅިވަޑައެއް ނުގަނޭ: އެމްއާރްއެމް

ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ގުޅިވަޑައިގެންނަވާ ވާހަކަ ޔުމްނާ މައުމޫން ދޮގު ކޮށްފި އެވެ.އެކަމަނާ މިކަން ދޮގު ކުރައްވާފައި މިވަނީ 2023 ވަނަ އަހަރުގެ ކުރިން ރައީސް މައުމޫން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނާއި ގުޅިގެން ނިންމާފައިވާކަން ރާއްޖެ ޓީވީން މިއަދު ރިޕޯޓު ކޮށްފައިވުމާއި ގުޅިގެން ނެވެ.އަންނަ ހުކުރު ދުވަހުން ފެށިގެން އިދިކޮޅު މުޒާހަރާތަކުގައި އެމްއާރުއެމްގެ މެމްބަރުން ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ސްޓޭޝަނަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ކަމަށް އެ ސްޓޭޝަނުން ވަނީ ބުނެފަ އެވެ.ހެރިޓޭޖް މިނިސްޓަރު އަދި މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫން ވިދާޅުވީ އެ ވާހަކަތަކީ ދޮގެއް ކަމަށާއި އެމްއާރުއެމްއިން މިފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އަދި މި ވާހަކަތަކީ ހަގީގަތް އޮޅުވާލުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ