ކޮރޯނާ ވައިރަސްގަ މަރުވާ މީހުންގެ ނިޞްބަތް މަތިވަނީ! ރައްކާތެރިވާން މަސައްކަތްކުރޭ!

ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިޞްބަތް އިއްޔެއާއި މިއަދާއި އަޅާބަލައިފިނަމަ ފާހަގަކުރެވެނީ މިއަދު މަތިވެފައިވާ ކަމަށެވެ!
މިވަގުތާއި ހަމައަށް ދުނިޔޭގައި ކޮރޯނާ ވައރިސް ޖެހުނު މީހުންގެ އަދަދަކީ 665,985 އެވެ. ގަދަވި މީހުންގެ އަދަދަކީ 142,479 އެވެ. މަރުވި މީހުންގެ އަދަދަކީ 30,935 އެވެ. ވީމާ މިހާރު މިވަނީ އިއްޔެއަށްވުރެ މަރުވި މީހުންގެ ނިޞްބަތް މަތިވެފައެވެ.  
ކޮރޯނާ ވައިރަސްގެ އެންމެ ބޮޑު ނުރައްކަލަކީ ކުއްލިއަކަށް ފެތުރިގަންނަ ކަމެވެ. ފެތުރިގެންފިނަމަ ކޮންޓްރޯލުން ނެއްޓިގެންދާ ކަމެވެ. ވީމާ ކިރިޔާވެސް ސަލާމަތްކަމެއް އޮތީ ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅައިގެން ތިބުމެވެ. ރައްކައުތެރިވުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ގެންދިއުމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ ﷲ އަށް ދުޢާކުރަމުން ގެންދިއުމެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ