ހަށިގަނޑުތެރޭ މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ ފަރުވާދެނީ ކޯޓުތަކުން ނިންމާ ހުރިހާ ބޮޑެތި މައްސަލަތަކުގެ ތަފްސީލު ފުލުހުން ހާމަކުރާނެ ރާއްޖެއަށް ގެނައި 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިފި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ

ބޮކްސާގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރު ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅަފައިވާކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުން ބަޔާން ހުށަހަޅާފައިވާ އިރު އޭނާ ލައިގެން ހުރި ބޮކްސް އާއި ހަށިގަނޑާއި ދޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އޭނާގެ ކުޑަ ކަމުދާތަކެތި އޯޕީއައި، ބެންޒޯ އަދި އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މި ބަޔާނުގައި ބުނެފައިވެއެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ