ފުލުސް ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޗީފް އިންސްޕެކްޓަރު ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހި، ގޭތެރެއަށް ވެއްޓިގެނެވެ. އެ ހާދިސާއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގައި ހުންނެވި ޗީފް އިންސްޕެކްޓަރަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ. 
މިއަދު ހެނދުނު ނިޔާވީ ފުލުސް އިދާރާގެ ޗީފް އިންސްޕެކްޓަރު ރޭންކްގައި ހުންނެވި މުހައްމަދު ޒިޔާދެވެ.ޒިޔާދު ނިޔާވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުން މިއަދު ތައުޒިޔާގެ މެސެޖެއް ވެސް އާންމު ކޮށްފައި ވެއެވެ. އެ މެސެޖްގައި ފުލުހާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ނަމުގައި ޒިޔާދުގެ އާއިލާއަށް ތައުޒިޔާ ކިޔާފައި ވެއެވެ.ޗީފް އިންސްޕެކްޓަރު ޒިޔާދު ނިޔާވީ ހާޓްއެޓޭކެއް ޖެހި، ގޭތެރެއަށް ވެއްޓިގެނެވެ. އެ ހާދިސާއަށް ފަހު އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ