ފުލުހުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކުރި ޏ.ފުވައްމުލައް، މާދަޑު، ސައިޒްހައުސް، އަޙްމަދު ސަލީމް މުޙައްމަދުދީދީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
އުމުރުން 66 އަހަރުގެ ސަލީމް ހޯދުމަށް އިއުލާން ކުރީ އިއްޔެއެވެ. އޭނާ ފުލުހުންގެ މައި އިދާރާ ޝަޙީދު ހުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވެފައި ވަނީ ރޭ 23:00 ހާއިރުއެވެ.
ވަގުތަށް އެނގިފައިވާ ގޮތުގައި މި މީހާ އަކީ ހުޅުމާލެއިން ގޯއްޗެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާން ކުރި މީހެކެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ފުލުހުން ވަނީ މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.
މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ހޯދާ މީހާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ