ނ.ހެނބަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަލީލް އެ ކައުންސިލްގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
ހެނބަދޫ ކައުންސިލް މެންބަރަކު ވިދާޅުވީ ހަލީލް އެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަަމަށެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ކަންކަން ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެވެން ނެތުމުގެ ސަބަބުން ކަމަށް ވެސް ކައުންސިލަރު ވިދާޅުވިއެވެ.
ހަލީލްއަކީ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރެކެވެ. ހެނބަދޫގައި ދެން ތިއްބެވި ހަތަރު ކައުންސިލަރުންނަކީ ވެސް އެމްޑީއޭ ކައުންސިލަރުންނެވެ.
ނ.ހެނބަދޫ ކައުންސިލް ނައިބު ރައީސް އިސްތިއުފާދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ