ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ އަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާ އޭނާގެ ސަސްޕެންޝަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އުވާލައިފިއެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޒީ ބާރީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ ތަހުޤީޤު ކުރުމަށް، ކޮމިޝަނުން އެކުލަވާލި ތަހުޤީޤު ކޮމިޓީން އެމައްސަލަ ތަހުޤީޤުކުރުމަށް ފަހު، ގާޒީ ބާރީގެ މައްޗަށް ތުހުމަތުކުރެވިފައިވާ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް، ކޮމިޝަނަށް ހުށަހެޅި ތަހުޤީޤު ނިމުނުގޮތުގެ ރިޕޯޓަށް ބެއްލެވުމަށް ފަހު، އެ ތުހުމަތުތަކުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ކާފީހެކި ލިބިފައި ނެތުމުން ކަމަށެވެ.
ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވުނީ ސުލޫކީ މައްސަލަ އެއް ކަމަށް ޖޭއެސްސީ އިން ބުނި ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
އާންމު ގޮތެއްގައި ޖޭއެސްސީއިން ބަލާ ފަނޑިޔާރުންގެ މައްސަލަ ތަކުގެ މާބޮޑު ތަފްސީލެއް ޖޭއެސްސީ އަކުން ހާމައެއް ނުކުރެއެވެ.
ގާޒީ ބާރީގެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ މިދިއަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު ގާޒީ ބާރީގެ ސަސްޕެންޝަން އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ