ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ރަނގަޅަށް ކަަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ރައީސް ނަޝީދު 13 އަހަަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 13 މާޗް 2015 ގައެވެ. ކްރިމިނަލް ކޯޓުން މިގޮތަށް ހުކުމްކުރީ ރައީސް ނަޝީދު ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ހުންނަވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމަށް ސްޕްރީމް ކޯޓުން މިއަދު ތާއީދުކޮށް މައްސަލަ ނިންމީ މިމައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ ސައްހަކަން ކަށަވަރުކުރަން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުގެ ފަރާތުންނެވެ. ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް މިމައްސަލަ ނިންމީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރުން ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލުނު ދައުވާއާއި ގުޅިގެން ދައުވާއިން ބަރީއަވުމަށް ނަޝީދަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އަދި ެއެކަށީގެންވާ ވަގުތުވެސް ދެވުނު ކަމަށާ އަދި މައްސަލަ ކުރިއަށް ދިޔައީ އިންސާފުވެރިކޮށް ކަމަށެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުންދަނިކޮށް ވަކީލުން އަމިއްލައަށް މައްސަަލައިން ތަނާޒުލްވި ނަމަވެސް އެހާލަތުގައިވެސް ވަކީލަކު ހަމަޖައްސަން ދިން ފުރުސަތު ދީފައިވާ ކަމަށާއި އެކަމަކު ވަކީލަކު އައްޔަންކޮށްފައި ނުވަނީ ކަމަށްވެސް ހުކުމްގައިވެ އެވެ.
ކްރިމިނަލް ކޯޓުގައި ނަޝީދަށް ދައުވާ ކުރީ އެ ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ކޯޓް ހިންގުމާ ހަވާލުވެ ހުންނަވަނިކޮށް ކަމަށްވީ ނަމަވެސް މިމައްސަލައިގެ އެއްވެސް ކަމެއް އަބްދުﷲ ގާޒީ ބައިވެރިވެފައި ނުވާ ކަމަށާއި އަދި އެކޯޓުގެ އެހެން ގާޒީންނަށް މިމައްސަލަ ނުބެލެންޖެހޭ ގާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށްވެސް ސުޕްރީމްމ ކޯޓުގެ ހުކުމްގައިވެ އެވެ. އަދި ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިން ޝަރީއަތަށް ހާޒިރުނުކުރަން ފަނޑިޔާރުން ނިންމީ އެ ބާރު ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާތީއާއި ދައުލަތުން ހުށަހެޅި ހެކިތަކުން މައްސަލަ ސާބިތުވާތީ ކަމަށްވެސް ހުކުމްގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ނަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމި ގޮތަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ އެކަމަށް ވެސް ތާއީދުކޮށް ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ނަޝީދު 13 އަހަރަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ