ސޮނީ ސްޕޯޓްސް އިން "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

ސޮނީ ސްޕޯޓްސް އާއި ބާޓާ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފިއެވެ. ސޮނީ ސްޕޯޓްސް އިން ބުނީ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. މި އަހަރުގެ ޕްރޮމޯޝަންގައި ސޮނީ ސްޕޯޓްސްއިން އަދި ބާޓާ މޯލްޑިވްސްއިން ގަންނަ ސްކޫލް ބޫޓު އަދި އެކްޓިވިޓީ ބޫޓަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ. އޭގެ އިތުރުން ސޮނީ ސްޕޯޓްސްއިން ގަންނަ ދަބަހަށް ވެސް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބިގެންދާނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ކިޑްސް، ޗާންދަނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފް ސްޓައިލް އަދި މަޖީދީމަގުގައި ހުންނަ ބާޓާ މޯލްޑިވްސްގެ ފިހާރައިން އެކަނި ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ. ސޮނީ ސްޕޯޓްސްއަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އެޑިޑާސް، ނައިކް، ރިޕް ކާލް، ރޮކްސީ އަދި ކުއިކް ސިލްވާ ފަދަ ބްރޭންޑް ތަކުގެ ދަބަސް އަދި ބޫޓު ވިއްކަމުންދާ ފިހާރައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ