ޝަހީމް ހދ ގަ, މިއަދު ހަވީރު ކުޅުދުއްފުއްޓަށް

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހދ. އަށާއި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ހދ އަށް ވަޑައިގަންނަވައިފި އެވެ.
މިއަދު ހދ އަތޮޅަށް އެމަނިކުފާނު ވަޑައިގަތީ ހަނިމާދޫ މަގުންނެވެ. ހަނިމާދޫއަށް ވަޑައިގަތުމަށްފަހު މިވަގުތު އުޅުއްވަނީ ނޮޅިވަރަމްގަ އެވެ.
ނޮޅިވަރަމަށް ވަޑައިގަތް އެރަށުގައި އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޖަގަހައެއް ހުޅުވާދެއްވާފަ އެވެ. މިދަތުރުފުޅުގައި މިއަދު ހަވީރު އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ. މިރޭ ކުޅުދުއްފުށީގައި މަޑުކުރެއްވުމަށްފަހު ފުރާ ވަޑައިގަންނަވާނީ މާދަމާ ހެނދުނު އެވެ.
ޑރ. ޝަހީމްގެ މިދަތުރުފުޅުގައި ހދ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެ އަތޮޅުގެ 8 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހދ. ހަނިމާދޫއާއި، ކުޅުދުއްފުށި، ވައިކަރަދޫ، ނެއްލައިދޫ، ކުމުންދޫ އަދި ނައިވާދޫއާއި ނޮޅިވަރަމުގެ އިތުރުން ކުރިނބީ ހިމެނެއެވެ. ޑރ. ޝަހީމްގެ މި ދަތުރުފުޅުގައި މިރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ށ. އަތޮޅުގެ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ