ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 16:00 ގައި

މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 16:00 ގައި ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސެޕްޓެމްބަރ 07 ވާ ހުކުރު ދުވަހު ހަވީރު 16:00 ގައި ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެ. އިންޝާﷲ" އެވެ.
ބުރިޖު މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވާލާއިރު ބުރިޖު ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާނެ ފީގެ އަދަދު އަދި އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެހިކަލް ޕާކް ކުރެވޭނެ އަގުތައް މިއަދު ވަނީ އާންމު ކޮށްފައެވެ. ބުރިޖުގެ ބަސް ދަތުރުތައް އެމްޕީއެލް އިން ކުރުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ ތިން ދުވަހު ބަސް ދަތުރުތަކަށް ވެސް ފީއެއް ނުނަގާނެއެވެ.
މާދަމާ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާއިރު ބުރިޖާއި ގުޅިފައިވާ މަގުތައް ފުޅާކޮށް ތާރު އެޅުމަށް ފަހު މިރޭ ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ