ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއާ އަކަށް އުމަރު ހަމަޖައްސައިފި

ނައިބު ރައީސަކު ހަމަޖެހެންދެން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއާ އަކަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ހަމަޖައްސަވައިފިއެވެ.
ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ.
ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލަކީ ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ހިންގާ ކައުންސިލެކެވެ. ނަމަވެސް ނައިބު ރައީސް މަގާމުން އަހުމަދު އަދީބު ވަކި ކުރިފަހުން އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ.
ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއާ އަކަށް މިނިސްޓަރު އުމަރު ހަމަޖެއްސެވިއިރު، ފޮރިން މިނިސްޓްރީ ހިންގެވުން ވެސް ވަގުތީ ގޮތުން މިއަދު އުމަރާއި ވަނީ ހަވާލުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ