ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ދޯނީގައި ތިބި 24 މީހުން ވަނީ ކޯސްޓްގާޑުން ސަލާމަތްކޮށްފަ އެވެ. އެއީ ތިން ފަޅުވެރިންނާއި 10 އަންހެނުންނާއި ހަތް ފިރިހެނުންނާއި ހަތަރު ކުޑަކުދިންނެވެ.
ތ. މަޑިފުށީ "ޝަރަފު 4" އުރުނީ މ. އަތޮޅު ރާބަދި ހުރާގެ އިރުދެކުނުން ހަތަރު މޭލު ބޭރުގައި އޮތް ތިލައަކަ ށެވެ. އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އެރިކަން އެނގުނީ ރޭ ދަންވަރު ކަމަށާއި މިހާރު ދޯނި ފުން ކުރުމަށް ކޯސްޓްގާޑުން އެސަރައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
24 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ