އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސްޕޯކްސް ޕާސަން ކަމަށް އަކުރަމް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ 403 ވަނަ އާންމު ޖަލްސާ އިން ކަމަށެވެ.
އީސީގެ ތަރުޖަމާނަކަށް އަކްރަމް މިއަދު ހަމަޖެއްސި ނަމަވެސް މީގެ ކުރިން ވެސް ކޮމިޝަންގެ މަސައްކަތްތަކާ ބެހޭގޮތުން އާންމުކޮށް މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަނީ އަކްރަމް އެވެ. އޭނާއަކީ މީޑިއާތަކާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްވެސްމެ އެވެ.
ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމަށް އީސީއަށް ތަރުޖަމާނަކު ރަސްމީކޮށް މިއަދު ކަނޑއަޅާފައިވާއިރު، ރިޔާސީ އިންތިހާބު ބާއްވަން އޮތީ ކުޑަ ދުވަސްކޮޅެކެވެ. އެކޮމިޝަނުން ބުނީ އިލެކްޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓެޑް މައުލޫމާތު ހިއްސާކުރުމަށް މިފަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
އީސީގެ ތަރުޖަމާނަކަށް މެމްބަރު އަކްރަމް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ