ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފައިސަލްއާއި ކްރިމިނަލް ކޯޓަށް ދާދި ފަހުން އައްޔަން ކުރި ހުސައިން ޝަހީދު އައްޔަން ކުރުމަށް ނިންމައިފިއެވެ.
ޖޭއެސްސީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް އަކީ އެ ކޮމިޝަނަށް ރައީސްގެ މެންބަރުގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީން އައްޔަން ކުރައްވާފައިވާ ބޭފުޅާއެވެ. ފައިސަލަކީ އޭގެ ކުރިން ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.
ހުސައިން ޝަހީދު ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ މިއަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ކުރިން ޝަހީދު ހުންނެވީ ސ.ފޭދޫ މެޖިސްޓްރޭޓުގެ މަގާމުގައެވެ.
ހައިކޯޓަށް ފައިސަލްއާއި ޝަހީދު ނަގަން ނިންމާފައިވާ އިރު ފުރުސަތު ހުޅުވާލުމުން ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި އޭގެތެރޭގައި އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދާއި ސްޕީރިއަ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ވެސް ހިމެނެއެވެ.
ޖޭއެސްސީގެ ނައިބް ރައީސް ފައިސަލްއާއި ޝަހީދު ހައިކޯޓަށް ނަގަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ