މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެން ފެށި ދުވަސް: ގާސިމް

މިއަދަކީ އަނިޔާވެރިކަމުގެ ސިހުރުގެ ގޮށްތައް މޮހެންފެށި ދުވަސްކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޝަރުތު ތަކަކާއިއެކު ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލުބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
މީގެ އިތުރުން އެޓުވީޓުގައި ގާސިމް ވިދާޅުވެފައިވަނީ ޖަލުގެ އަނިޔާވެރިކަމުން ސިޔާދު މިންޖުވުމަކީ ލިބުނު އުފަލެއް ކަމަށާއި، ގައްޤުގެ މަގަށް އެޅުނު ފިޔަވަޅެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު އޮފީހުގައި ހުންނަވަނިކޮށް ސިޔާދު ހައްޔަރުކުރީ ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު ހިންގި އޮޕަރޭޝަންގެ ތެރެއިންނެވެ.
ކޯޓުގެ އަމުރާއި އެކު ސިޔާދު ފުރަތަމަ ގެންގޮސްފައިވަނީ މާލޭ ޖަލަށެވެ. ސިޔާދު މާލޭ ޖަލުން ދޫކޮށްލާފައިވަނީ މިރޭ 6:15 އެހާއިރުއެވެ.
ސިޔާދު ދޫކޮށްލާފައިވަނީ ޝަރުތު ތަކެއްވެސް ކޮށްފައެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި އޭނާގެ އެޑްރެހާއި ފޯނު ނަންބަރު ބަދަލުވާ ނަމަ އެންގުމާއި ކޯޓުން ފޮނުވާ ޗިޓުތަކާ ހަވާލުވުމަށް ޝަރުތުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ