މ. އަތޮޅު ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުލަކު ޓީމުން ހޯދައިފި

މ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިޔަ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުލަކު ޓީމުން ހޯދައިފިއެވެ.
މުލަކުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިއްޔެ ހަވީރު މުލީ ޓީމާ ބައްދަލުކޮށް 2-3 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.
މި މަހުގެ 15 އިން މި މަހުގެ 26 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެ އަތޮޅުގެ ފަސް ރަށަކުން ބައިވެރިވި އެވެ. އެއީ މުލައް، މުލީ، ނާލާފުށި، ވޭވައް އަދި ރަތްމަންދޫ އެވެ.
ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން މުލަކު ޓީމަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 15000 ރުފިޔާ ދީފައެވެ. އަދި ރަނަރަޕް ޓީމު ކަމަށްވާ މުލީ ޓީމަށް ވަނީ 5000 ރުފިޔާ ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. އަދި ކޯ ސްޕޮންސަރުން ނަކީ އެސްޓީއޯ އާއި އެޕަލް އިންވެސްޓްމެންޓެވެ. މުބާރާތުގައި މުލަކު ކައުންސިލާއި މީމު އަތޮޅު ޕޮލިސްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުން ކަމަށް މީމު އަތޮޅު ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ