ގަވާއިދާހިލާފަށް ސައިކަލް ދުއްވި 21 މީހެއްގެ ލައިސަންސް ހިފަހައްޓައިފި

ބާރަށް ވެހިކަލް ދުއްވުން ހުއްޓުވުމަށް ފުލުހުން ފެށި އޮޕަރޭޝަނަށް 48 ގަޑިއިރު ތެރޭ ގަވާއިދާ ޚިލާފަށް ސައިކަލު ދުއްވި 21 މީހެއްގެ ލައިސަންސް ހިފަހައްޓައިފި އެވެ.
މާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 196 ވެހިކަލެއް ޗެކްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭ ގަވާއިދާ ޚިލާފަށް ސައިކަލު ދުއްވި 21 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ އިރު، ނުރައްކާތެރިކޮށް ދުއްވި 15 މީހެއްގެ ސައިކަލު ޓޯޔާޑަށް ގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަން ފުލުހުން މިރޭވެސް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ