ކޯޓުން ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ދޫކޮށްލައިފި

ޖިންސީ އަމަލުތަކަށް މަގުފަހިވާ ފަދަ ވާހަކަތަކެއް ދެއްކުމާއި ގުޅިގެން، ހައްޔަރުކުރި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް މަސްރޫފް ކޯޓުން ދޫކޮށްލައިފިއެވެ.
ކޯޓުން މަސްރޫފް ދޫކޮށްލީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. މަސްރޫފް ދޫކޮށްލީ، ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތު ކުރުމަށްފަހުއެވެ.
ޖިންސީ އަމަލުތަކަށް މަގުފަހިވާ ފަދަ ވާހަކަތަކެއް ދެއްކުމާއި ގުޅިގެން މަސްރޫފް ހައްޔަރުކުރީ، ކޯޓު އަމުރެއްގެ ދަށުން ރޭ އިރާކޮޅުގައެވެ. މަސްރޫފް ހައްޔަރުކުރުމުން، ހިރިޔާ ސްކޫލުގެ ދަރިވަރުންނާއި ސްކޫލް މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ.
މަސްރޫފްއަކީ، ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ފަރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ