މޫސުން ގޯސްވެ ގަދަ ވިއްސާރައާއި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ކ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ކަމަށް މެޓު އޮފީހުން ބުނެފިއެވެ.
މިއަދު 1020 އިން ފެށިގެން 1320އާ ހަމައަށް އެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މެޓު އޮފީހުން އިއްޔެ ވަނީ ކުރިއަށް އޮތް 72 ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި ވަނީ ބޭ އޮފް ބެންގޯލްގެ މެދުތެރޭގެ ހިސާބެއްގައި އުފެދިފައިވާ ލޯޕްރެޝަރު އޭރިއާއަކާ ގުޅިގެންނެވެ.
މޫސުމާ ބެހޭ އިދާރާއިން ނެރުނު ޔެލޯ އެލާޓުގައި ބުނެފައިވާގޮތުން
ވީމާ ވިއްސާރައާ ގުޅިގެން ލިބި ދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައްތަކުގެ ލިސްޓެއް ވަނީ މެޓު އޮފީހުން ނެރެފައެވެ.
އޭގެތެރޭގައި ފެންބޮޑުވުމުން ކުރެވިދާނެ ކަންތައްތަކާއި އެހެން ނޫންވެސް ހާލަތްތަކުގައި ކުރެވިދާނެ ކަންތައްތައް ވަނީ މެޓު އޮފީހުން ބުނެފައެވެ.
ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ