ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި
ހުރި އަމިއްލަ ގެތައް ދޫކޮށް ރައްކާތެރިކަން ހޯދުމުގެ ގޮތުން ޣައްޒާގެ ދެކުނަށް
ދަތުރުކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް ދިން ހަމަލާތަކުގައި 70
މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން
ބުނެފިއެވެ.
ފަލަސްޠީނުން "ވޮއިސް"
އަށް މަޢުލޫމާތު ދެއްވި މުރާސިލަކު ވިދާޅުވީ އޮކްޓޫބަރު 13 ވަނަ ދުވަހު އިޒްރާއިލްގެ
ޔަހޫދީން ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުން އެސަރަހައްދު ދޫކޮށް
ދިޔުމަށް 24 ގަޑިއިރުގެ މުހުލަތެއް ދިން ކަމަށެވެ. އެސަރަހައްދުގައި ގާތް ގަނޑަކަށް
1.1 މިލިއަން މީހުން ދިރިއުޅޭ ކަމަށް ލަފާ ކޮށްފައިވެއެވެ.
ޔަހޫދީން ޣައްޒާގެ އުތުރު
ދޫކޮށް ދިޔުމަށް އެންގުމުގެ ކުރިންވެސް އެތައް ހާސްބަޔަކުވަނީ ޣައްޒާގެ އެސަރަހައްދު
ދޫކޮށް ޣައްޒާގެ ދެކުނަސް ބަދަލުވެފައެވެ.
Advertisement
"ވޮއިސް"ގެ
މުރާސިލް ވިދާޅުވީ މިހާތަނަށް 400،000 މީހަކު ވަނީ ބޯހިޔާވަހިކަން ނެތި ގެއްލިފައިކަމަށެވެ.
އަދި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ސާފު ބޯފެން ލިބުމުން މަޙްރޫމްވެފައި ކަމަށާއި،
ފެން ދޫކުރާ އަދި ފެން ސާފުކުރާ ޕްލާންޓްސްގެ
ޚިދްމަތްތައްވެސް ވަނީ ކަނޑާލައިފައި ކަމަށެވެ.
އަދި ގިނަ ބަޔަކު ބުއިމަށް
ބޭނުން ކުރަމުންދަނީ ދަނޑުވެރިކަމަށް ބޭނުންކުރާ ފެން ކަމަށެވެ. އަދި އެފެނަކީ
ބުއިމަށް ރައްކާތެރި ފެނެއް ނޫނެވެ. އެފެން ބޯން ބޭނުން ކުރުމުގެ ސަބަބުން ބަލިމަޑުކަމެއް
ފެތުރުމުގެ ބިރުވެރިކަންވެސް އޮތް ކަމަށް ވަނީ ޤަބޫލު ކުރެވިފައެވެ.
މުރާސިލް ވިދާޅުވީ މިޙާލަތު
މިހެން އޮވެ ޣައްޒާގެ ރައްޔިތުން އުތުރުން ދެކުނަށް ދަތުރު ކުރަމުން ދިޔަވަގުތުވެސް
އިޒްރާއިލްގެ ޔަހޫދީން ދިޔައީ ވައިގެ މަގުންނާއި، ކަނޑުމަގުން އަދި އެއްގަމުން
ވެސް ހަމަލާތައް ދެމުންނެވެ.
"ވޮއިސް"ގެ
މުރާސިލް ވިދާޅުވެފައިވަނީ ހުކުރުދުވަހާއި ހަމައަށް އިޒްރާއިލްގެ ހަމަލާތައް ހުއްޓުމެއްނެތި
ދެމުންދިޔައިރު ހުކުރުދުވަހާއި ހަމައަށް ޝަހީދުވި މީހުންގެ ޢަދަދު 1900 އަށް ވަނީ
އަރައިފައެވެ. އޭގެ ތެރޭގައި 614 ކުޑަކުދިން ހިމެނޭއިރު 370 އަންހެނުން ހިމެނެއެވެ.
ހުކުރުދުވަހާއި ހަމައަށް 7696 މީހަކު ވަނީ ޝަހީދުވެފައެވެ.
ޣައްޒާގެ ރައްޔިތުންގެ
ތެރެއިން ޣައްޒާގެ އުތުރު ދޫކޮށް ދެކުނަށް ދަތުރުކުރަމުންދިޔަ ރައްޔިތުންގެ
ތެރެއިން 70 މީހަކު ޝަހީދުވެ 200 މީހަކު ވަނީ ޒަޚަމްވެފައި ކަމަށް ފަލަސްޠީނުގެ
ސިއްޚީ ވުޒާރާއިން ބުނިކަމަށް "ވޮއިސް"ގެ މުރާސިލް ވިދާޅުވިއެވެ.
ޣައްޒާގެ މީހުން
ދިރިއުޅޭ، އަދި އެހެންބޭނުންތަކުގައި ބޭނުންކުރާ 1324 ޢިމާރާތެއް
ހަލާކުވެފައިވާކަމަށާއި، މީހުން ދިރިއުޅޭ 5540 ތަނެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު،
މީހުން ދިރިއުޅޭ 3743 ތަނެއްވަނީ ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައެވެ.
ފަލަސްޠީނުން ގެތައް ދޫކޮށް ދަތުރުކުރަމުންދިޔަ މީހުންނަށް ހަމަލާދީ 70 މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ