ސުޕްރީމް ކޯޓުގެ ފާއިތުވި އަހަރުތަކުގެ ޝަރީއަތްތަކުގެ އޯޑިއޯ އާންމުކުރަން ފަށައިފިއެވެ.
އޯޑިއޯތައް އާންމުކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މިއަދު ބުނީ އެގޮތަށް ނިންމީ އެ ކޯޓުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި އަދި މައްސަލައިގެ ހަސްމުންނަށް ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު އަޑުއެހުންތައް އަޑުއެހުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިގޮތުން އެ ކޯޓުން ވަނީ، ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީއަތްތަކުގެ އޯޑިއޯ ފައިލް 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކުރަން ފަށާފައިވާ ކަމަށް ބުނެފައެވެ.
އަދި 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީއަތްތަކުގެ ތެރެއިން އާއްމުކޮށް ހުޅުވާލައިގެން ބޭއްވޭ ޝަރީއަތްތައް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެވި އެ އަޑުއެހުންތަކުގެ ރެކޯޑިންގ ޔޫޓިއުބް ޗެނައިލްގައި އާކައިވްކުރެވެމުންދާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން 2008, 2009 އަދި 2010 ވަނަ އަހަރު ހިންގާފައިވާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް މިހާރު ވަނީ ޔޫޓިއުބް ޗެނަލްފައި އާއްމުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ޝަރީއަތްތަކުގެ އޯޑިއޯ އާއްމު ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ