އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި އިޒްރޭލުން ހިންގަމުންދާ ޖަރީމާއާ ދެކޮޅަށް ރާއްޖެއަށް ދައުވާ ކުރެވޭނެ ކަމަށް ބާ ކައުންސިލްގެ ކުރީގެ ރައީސް އަދި ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
މައުމޫން ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައި ވާތީ، ފަލިސްތީނަށް އެހީވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައު އިން އިސްނަގަން ދެން މަޑުކުރުމުގެ ބަދަލުގައި ފަލަސްތީނަށް ދެމުންދާ ބޮޑެތި ގެއްލުންތަކާއި ޖަރީމާތަކާ ދެކޮޅަށް، ފަލަސްތީނަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ
ގާނޫނުލްއުގޫބާތުގެ 13 ވަނަ މާއްދާގައި ބުނީ ކުށްކުރީ ކޮންމެތަނެއްގައި ކަމުގައި ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައި ވަނީ ކޮންމެ ގައުމެއްގައި ކަމަށް ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާ ކަމަށެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ސަބަބުން އެ ކުށުގެ އަމަލުގެ މައްޗަށް ގާނޫނު ހިންގުމުގެ ބާރު ދައުލަތަށް ލިބިދޭ ބާވަތުގެ ކުށްތަކުގައި ވެސް ދައުވާ ކުރެވޭނެ ކަމަށް އޮވެއެވެ.
މިިދޔަ މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އަމިއްލަ މިނިވަން ކަމުގެ ދިފާއުގައި އިޒްރޭލަށް ދިން ހަމަލާގެ ރައްދުގައި އިޒްރޭލުން ޕަލަސްތީނަށް ހަމަލާ ދެމުން އަންނަތާ މިއަދާ ހަމައަށް 29 ދުވަސް ވެއްޖެއެވެ. މަހެއްހާ ދުވަހަށް ދިގުދެމިގެން ދިޔަ މި ހަނގުރާމައިގައި މިހާތަނަށް ގާޒާއިން 10،000 އާ ގާތްކުރާ އަދަދަކަށް މިހުން ޝަހިދުވެފައިވާ އިރު އޭގެތެރޭގައި 4000 އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމާލަތަކުގައި ގާޒާއިން ޒަހަމްވި މީހންގެ އަދަދު ވަނީ 35،000 އަށް އަރާފައެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައ ގާޒާގެ ހޮސްޕިޓަލްތަކާއި އާންމުންގެ ގެތަކާއި، ރެފިއުޖީ ކޭމްޕްތަކުގެ އިތުރުން ހާލުގައި ޖެހިފައިވާ އާއިލާތައް ހިޔާވަހިކަން ހޯދަމުންދާ ސްކޫލްތަކަށް އަމާޒުކޮށްގެން ވެސް ހަމަލާތައް އަންނަނީ ދެމުންނެވެ. މި ހަނގުރާމައިގައި ފަލަސްތީންގެ ރައްޔިތުން ހާލުގައި ޖެހި ކާނެ އެއްޗެއް ނުލިބި ބޯނެ ސާފު ފެން ނުލިބި ބޭސް ފަރުވާ ކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
ރާއްޖެއަކީ އަބަދުވެސް ފަަލަސްތީނަށް ތާއިދުކުރާ ގައުމަކަށް ވީ އިރު، މި ހަމަލާގައި ފަލަސްތީނަށް އެހީވުމަށް ގިނަ ދިވެހިންތަކެއް ދަނީ އެހީ ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު ދިވެހި ސަރުކާރުން ވެސް ވަނީ ފަލަސްތީނަށް ދެ މިލިއަން މަސް ދަޅު ހަދިޔާ ކުރަން ނިންމާފައެވެ.
ފަލަސްތީނަށްޓަކައި އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ދައުވާ ކުރެވޭނެ: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ