ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކުން ހަލުވިކޮށްފި

ހުޅުމާލެ ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކުން ހަލުވިކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭން އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅު އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހަލުވި ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް އެޗްޑީސީން ވަނީ އާ ޑްރެޖަރު ހޯދައިފައި ކަމަށެވެ.
އެ ގޮތުން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕަ ޑްރެޖަރެއް ބޭނުން ކުރަން ފަށަން ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނީ ބިން ހިއްކުމުގެ މި މަސައްކަތްތައް ހުއްޓުމެއް ނެތި ވީހާ ވެސް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށްޓަކައި، މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ، އެކަންކަން ހައްލު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ