ކެއާ ޑިވެލޮޕްމަންޓް ސެންޓަރުގައި ކިޔަވާ ކުދިންގެ ހުނަރު ދައްކައިލައިފި
ކެއާ ސޮސައިޓީގެ ދަށުން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ)ގައި ވޮކޭޝަނަލް ޓްރެއިނިން ހަދަމުންދާ ކުދިން، އެ ކުދިންގެ ހުނަރުތައް މިއަދު ހަވީރު ދައްކާލައިފިއެވެ. ސީޑީސީ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ އުމުރުން 16 އަހަރުން މަތީގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކި ކަހަލަ ހުނަރު ދަސްކޮށްދީ، އެ ކުދިން ވަޒީފާގެ މާހައުލަށް ނެރެ، އާމްދަނީ ހޯދަން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ތަމްރީންކުރުމަށް ހިންގާ ޕްރޮގްރާމެކެވެ. ސީޑީސީގެ ވޮކޭޝަނަލް ޓްރެއިނިން ހަދަމުންދާ ކުދިންގެ ހުނަރުތައް ބަލާލަން ބައެއް އާންމުން ސްޓޯލެއް ކައިރީ --- ސަން ފޮޓޯ: މޫސާ ނަދީމް މިއަދު ހަވީރު ރަސްފަންނު ބީޗުގައި ވަނީ އެ ކުދިންގެ ހުނަރުތައް ދައްކާލުމަށް ހަރަކާތެއް ބާއްވައިފައެވެ. މި ހަރަކާތުގައި ސީޑީސީގައި ވޮކޭޝަނަލް ޓްރެއިނިން ހަދަމުން އަންނަ 27 ދަރިވަރަކު ބައިވެރިވެފައިވެއެވެ. ސީޑީސީގެ ވޮކޭޝަނަލް ޓްރެއިނިން ހަދަމުންދާ ކުދިންގެ ކުރެހުންތަކެއް --- ސަން ފޮޓޯ: މޫސާ ނަދީމް މި ހަރަކާތުގެ ތެރެއިން ދެ ސްޓޯލަކުން ކުދިންގެ ހަރަކާތްތައް ދައްކާލާފައިވެއެވެ. އެގޮތުން އާޓްސް އެންޑް ކްރާފްޓްސް ސްޓޯލްގައި ކުދިން ތައްޔާރުކުރި ކުރެހުންތަކާއި، އެ ކުދިންގެ އަތްތެރިކަމުގެ ހުނަރުގެ އިތުރުން، ފުޑް ސްޓޯލްގައި ކުދިން ތައްޔާރުކުރި ކުކީއާއި ކަޕްކޭކް ފަދަ ބައެއް ތަކެތި ދައްކާލާފައިވެއެވެ. މި ހަރަކާތުގެ ތެރެއިން އެ ކުދިން ތައްޔާރުކުރި ބައެއް ތަކެތި ގަތުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ