ލަންޑަން (ޖުލައި 7) - އާސެނަލުން 77 މިލިއަން ޑޮލަރުގެ ފީ އަކަށް ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީގެ ސޮއި ހޯދައިފި އެވެ.
މީގެ ކުރިން، ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ބަޔާން މިއުނިކުން ލިބުނު އޮފާތައް ދޫކޮށްލައި، ސޮސިއެޑާޑްގައި މަޑުކުރަން ނިންމި ޒުބިމެންޑީ، 26 އަކީ މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން ސޮއިކުރި ދެ ވަަނަ ކުޅުންތެރިޔާ އެވެ.
އާސެނަލުން ވަނީ ޗެލްސީ އަށް ހަތް މިލިއަން ޑޮލަރު ދޭ ގޮތަށް، ސްޕެއިނުގެ ގޯލްކީޕަރު، ކެޕާ އަރިއްޒަބަލާގާ ވެސް ގެނެސްފަ އެވެ.
ސޮސިއެޑާޑަށް 236 މެޗުން 10 ގޯލު ޖަހައިދީފައިވާ ޒުބިމެންޑީ، އާސެނަލާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެެވެ. މިދިޔަ އަހަރު ސްޕެއިނާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި، ޒުބިމެންޑީ ވަނީ ސްޕެއިނަށް 19 މެޗު ކުޅެދީފަ އެވެ. މީގެއިން ގިނަ މެޗުތަކުގައި ކުޅެފައިވަނީ، މިދިޔަ އަހަރު ރޮޑްރީ އަށް ލިބުނު އަނިޔާގެ ސަަބަބުން އޭނާ ކުޅުމާ ދުރުގައި ހުރިއިރު އެވެ.
މިދިޔަ ސީޒަނުގައި ވެސް އާސެނަލުން ޒުބިމެންޑީއާ ވާހަކަ ދެއްްކި އެވެ. އެކަމަކު، އެ ޑީލް ކުރިއަށްގެންދަން ޒުބިމެންޑީ ބޭނުންވީ ސޮސިއެޑާޑަށް ވެސް ފައިދާކުރާނެ ގޮތެއް ބެލުމަށް ފަހު އެވެ.
ޒުބިމެންޑީ އާއި ކެޕާގެ އިތުރުން، އާސެނަލުން ވަނީ 15 މިލިއަން ޑޮލަރަށް ބްރެންޓްފޯޑްގެ ކެޕްޓަން، ޑެންމާކްގެ ކްރިސްޓިއަން ނޯގާޑް ގަންނަން ވެސް އެއްބަސްވުމަކަށް އަތުވެފަ އެވެ. މީގެ އިތުރުން، ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑެން ފޯވާޑް ވިކްޓަ ޔޯކެރޭޝް އާއި ޗެލްސީގެ ވިންގް، ނޯނީ މަޑުއޭކޭ ގަންނަން ވެސް އާސެނަލުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޔޯކެރޭޝް އާއި މަޑުއޭކޭ ގަންނަން އާސެނަލުން 125 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާސެނަލުން 77 މިލިއަން ޑޮލަރަށް ޒުބިމެންޑީ ގަނެފި އާސެނަލުން 77 މިލިއަން ޑޮލަރަށް ޒުބިމެންޑީ ގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ