ޖޭއެސްސީގެ އާންމު މެންބަރު ކަމަށް 8 ބޭފުޅުން ކުރިމަތިލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 8 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބޭފުޅުންގެ ނަންތައް އިއްވާފަ އެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.ޖޭއެސްސީގައި އާންމުން ތަމްސީލުކުރާ މެންބަރުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންއިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫއަހުމަދު އަލީ، ހުޅުމާލެ، ފްލެޓް 01-ޖީ-108އަލީ އާމިރު، މއ. ޕެންޒީވިލާއިދުރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫއަހުމަދު ޝާފިއު، އުދަރެސް، ހއ. އިހަވަންދޫޑރ. ހުސައިން ފާއިޒު، ދަފްތަރު ނަންބަރު 1325ހަސަން ވަހީދު، ރަންކޮކާގެ، ހދ. ކުރިނބިއަލީ މުޙައްމަދުމަނިކު، ދަފްތަރު ނަންބަރު ރ.ސ. 1851ޖޭއެސްސީގައި އާންމުންގެ ތެރެއިން އިންނަވާ މެމްބަރުގެ ގޮތުގައި މިހާރު އިންނެވީ ޑރ. އާމިނަތު އުއްމުކުލްސޫމް އެވެ.ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.ޖޭއެސްސީގައި ތިބޭނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ