ކުކުޅު ފިހާރަ: ބާގާ ޕެޓީސް ކޭހަކުން 150ރ އަގުހެޔޮކޮށްފި
ފިނި ކުރި ކާބޯތަކެތި ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ވިއްކާ ކްރިސްޕީ ޗިކަން ބާގާ ޕެޓީސް ކޭހަކުން 150ރ. އަގުހެޔޮކޮށްފި އެވެ.ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، ކުކުޅު ފިހާރައިން ވިއްކާ ބާގާ ޕެޓީސް ކޭހަކުން 150ރ. މިހާރު ހެޔޮކޮށްފައިވާނެ ކަމަށެވެ.މިގޮތުން ކުރިން 939ރ. އަށް ވިއްކަމުންދިޔަ 450ގ ގެ ޕެޓީސް 22 ޕެކެޓް ހިމެނޭ ބާގާ ޕެޓީސް ކޭހެއް މިހާރު 789ރ. އަށް ލިބޭނެ ކަމަށް މާޝިތާ ވިދާޅުވި އެވެ.ގަނޑުކުރި ކުކުޅާ ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ކުކުޅު ފިހާރައިން ލިބެން ހުންނާނެ އެވެ.މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ފޯރުކޮށްދެ އެވެ.ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ