ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން މިއަދު އާންމުކޮށްފި އެވެ.
ވީކިިހިނެއް؟ - ފެމިލީ ކޯޓުގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން މިއަދު ވަނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯއާ އެކު، އޭނާގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު ވެސް އާންމުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ފެމިލީ ކޯޓުން ބުނީ އެއީ އެ މައްސަލަ ބެއްލެވި ގާޒީ މައްސަލައިގެ ދެ ހަސްމުގެ ވާހަކަތަކަށް ބެލުމަށް ފަހު ހަރަދަށް ފައިސާ ނުދޭ ފަރާތުގެ ވަނަވަރު އަދި ފޮޓޯ އާންމުކުރަން ޖެހޭ ކަމަށް ގަބޫލުކުރެވިގެން ގާޒީ އެންގެވުމުގެ މަތިން ކޯޓުން އާންމުކުރި މައުލޫމާތެއް ކަމަށެވެ.
"ގަވާއިދުގައި ގާޒީއަށް އަބަދު ވެސް ދީފައި އޮންނާނެ އިހުތިޔާރެއް އެއީ. ދެން މި ފަހަރު ފުރަތަމަ ފަހަރަށް މި ކޯޓުން މައްސަލައެއްގައި ގާޒީއަކު އެ ކަމުގެ ޒަރޫރަތު އޮތް ކަމަށް ކަނޑައެޅުމުން އެ މައުލޫމާތުތައް އާންމުކޮށްފައި އެ ވަނީ،" ކޯޓުގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ފެމިލީ ކޯޓުން ބުނި ގޮތުގައި، އެއީ ދަރިންނަށް ހަރަދު ނުދީގެން ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.
އެނގުން މުހިންމު - ހުކުމާ އެއްގޮތަށް އަނބިމީހާ އާއި ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކޮށް އިއުލާންކުރަން އާއިލާއާ ބެހޭ ގަވައިދުން ކޯޓުތަކަށް ދީފައިވާ ބާރެކެވެ.
ގަވައިދުގައި އޮންނަ ގޮތުން:
ކޮންމެ މަހަކު ބައްޕަ ދަރީގެ ހަރަދަށް 2،000ރ. ދޭން ޖެހޭ
އެއް ދަރިއަށް ވުރެ ގިނަ ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 1،000ރ. ދައްކަން ޖެހޭ
މިދިޔަ ޖެނުއަރީ މަހު ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުންނާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ފުރަތަމަ ފަހަރަށް މި ގޮތަށް ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެއީ ގަވާއިދުގައި ލިބިދޭ ހުއްދައިން ފުރަތަމަ ފަހަރަށް އެ ގޮތަށް ކޯޓަކުން އާންމުކުރި ފަހަރެވެ.
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ