ބ. މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިދެއްވައިފި އެވެ. މިއީ ރާއްޖޭގައި ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މި ޚިދުމަތް ޤާއިމްކުރި 47 ވަނަ ރަށެވެ. އަދި މިއާ ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މިވަނީ އޭޓީއެމްގެ ހިދުމަތް ޤާއިމްކުރެވިފަ އެވެ.މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 189 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ