ވާވު އަތޮޅު ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮތް ބޯޓު ފަރުން ނެއްޓިގެން، އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކޮަށްފި އެވެ.
އެމްއެންޑީއެފުން ބުނީ މިބޯޓު އޮޔާދާނެ ކަމަށް ލަފާކުރެވެނީ ވާވު އަތޮޅު ތެރެއިން ގޮސް އަލިހުރަސް ކަނޑާ ދިމާލަށް ކަމަށެވެ.
އެހެންކަމުން ވާވު އަތޮޅު ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.
ކެޔޮދޫ ފަރަށް އަރާފައި އޮތް ބޯޓު ފަރުން ނެއްޓި އޮޔާދާތީ ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ