ދުންފަތާއި ދުރަށް ދާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދޭން ދިރާސާއެއް ހަދަނީ

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް މާލީ އިނާޔަތެއް ދޭން ނިންމައި އެކަމާ ގުޅޭ ދިރާސާއެއް ހެދުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސްމޯކް ފްރީ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާޔަތެއް ދިނުމާމެދު ދިރާސާއެއް ހެދުމަށް މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ."ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާ ގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފުތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި،" ރައީސް ވިދާޅުވި އެވެ.ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހަދަން ނިންމި އިރު، ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ