ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ސަރުކާރުންދޭ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ސިއްހީ ދާއިރާގައި ހިދުމަތްދޭ އަމިއްލަ ފަރާތްތަކާއި ސަރުކާރު ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ވާދަކުރެވޭ އެވޯޑްތަަކަކީ އަތޮޅުތަކުގެ ތެރޭގައި އެންމެ ރަނގަޅަށް ހިދުމަތްދެވޭ ހޮސްޕިޓަލާއި ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑާއި ފާހަގަ ކޮށްލެވޭ ފަދަ ހިދުމަތެއް ސިއްހީ ދާޢިރާއަށް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދޭ އެވޯޑާއި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން އެންމެ ރަނގަޅަށް މަސައްކަތްކުރާ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒަކަށް ދެވޭ އެވޯޑެވެ.
ސިއްހީ ދާއިރާގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ