ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ރަންވޭ މައްޗަށް ވެއްޓި ފްލައިޓު ޝެޑިއުލަށް އަސަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޭގެ ރަސްމިއްޔާތުގައި ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ރާއްޖޭގެ ތާރީހާއި ސަގާފަތާ ގުޅޭ ބައެއް މަންޒަރުތައް ދައްކައިލި އެވެ.
ތަފްސީލް - ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް އެއާޕޯޓުގެ ރަންވޭއަށް ވެއްޓޭމަންޒަރާއި އެ ސަރަހައްދުގެ މޫދަށް ޑްރޯންތައް ވެއްޓިފައި ހުރި މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ ކަމާ ގުޅޭގޮތުން އެމްއޭސީއެލް އިން އެއްޗެއް ނުބުނެ އެވެ.
ރޭގެ ރަސްމިއްޔާތަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުކުރަން ނިންމީ 8:30 އިން 10 އަށެވެ. ނަމަވެސް ޑްރޯންތައް ރަންވޭ މައްޗަށް ވެއްޓުމާ ގުޅިގެން ރަންވޭ ސާފުކުރުމަށް ފަހު އޮޕަރޭޝަންތައް އަލުން ފެށީ 11:30 ވީ ފަހުންނެވެ.
ރަންވޭ ބަންދުކޮށްފައި އޮތުމުން ބައެއް ބޯޓުތައް ޑައިވާޓުކުރަން ޖެހި ބައެއް ބޯޓުތައް އެތައް ގަޑިއިރެއް ވަންދެން ވައިގެ ތެރޭ މަޑު ކުރަން ޖެހުނެވެ.
އޭގެ ސަބަބުން މާލޭން ފުރަން ތިބި މީހުންގެ ފްލައިޓުތައް ވެސް ވަނީ ޑިލޭ ވެފަ އެވެ.
ފާހަގަ ކުރެވޭ - ގާތްގަނޑަކަށް ނުވަ އަހަރުން ނިންމި އެއާޕޯޓުގެ އާ ޓާމިނަލަށް 7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި އެވެ. ޓާމިނަލް ހުޅުވުމަށް ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ރޭ ކުރިއަށް ގެންދިޔަ އެވެ.
ޑްރޯން ޝޯގެ ޑްރޯންތަކެއް ވެއްޓި ފްލައިޓުތައް ޑިލޭވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ