ޑީއާރުޕީން ދަމަހައްޓަންފެށި މައުމޫނިޒަމް ވުޖޫދުން ފުހެލާ އެއަށްވުރެ ހުދު މުހުތާރު ހޮޅިޒަމް ރާއްޖޭގައި ވަނީ އަސަގަންނަވަން ފަށާފައެވެ. މައުމޫނިޒަމްގެ ބާރުވެރިން އެންމެފަހުން އޮތީ ރައީސް ޔާމީނުގެ އަތްޕުޅު މަތީގައެވެ. އެބާރުވެރިކަން ފޭރިގަތުމަށް މުއިއްޒު ނެގީ އެންމެ ހަތްދިހަ ދެ ގަޑިއިރެވެ. ޕީޕީއެމުން ޕީއެންސީއަށް ބަދަލުވެ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް ލިބެން ހޭދަވީ ވަގުތު ކޮޅެވެ.
ރައީސް ޔާމީނަށް އޮތް ރިޔާސީ ޓިކެޓް ވަގަށް ނެގުމާއެކު ޕީއެންސީއަކީ މުއިއްޒު ގަޔަށް ހެޔޮވަރަށް ފާހާލާފައި އޮތް ކޯޓަކަށް ހަދާލީ ކަމެއް ވެގެންނެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ޑީއާރުޕީއާއީ ޕީޕީއެމްއަކީ މައުމޫނީ ފިކުރެވެ. ޕީއެންސީ ކިޔަސް އެމްއާރުއެމް ކިޔަސް ހުރިހާ އެއްޗަކީވެސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ލެގަސީއަށް ކިޔާ ނަންނަމެވެ. މައުމޫނު ވިޔަސް ޔާމީނުވިޔަސް އަދުރޭވިޔަސް ފާރިސްވިޔަސް ހައްތަހާވެސް އެއްފުށްގަނޑުން މޮޑެފައިވާ ހެދިކާއެވެ. ތަފާތަކީ ކުރާ މީހާގެ ތަފާތެވެ.
ޕީއެންސީ މުއިއްޒު އަތްމައްޗަށް އެރި ހިސާބުން މުއިއްޒުގެ އަމާޒަކަށްވީ ޕާޓީގެތެރެއިން މައުމޫނިޒަމްގެ ބާރު ކަނޑުވާލާ އަމިއްލަ އަމީރަކަށް ވުމެވެ. މައުމޫނާއި ޔާމީނުގެ ގޮނޑިކޮއްކޮ އަދުރޭއަށް ރޯލް މޮޑެލްގެ ހުވަފެން ދައްކައިގެން އަދުރޭ ވެސް މަޑުމަޑުން ސައިޒްކޮށް ނިމެނީއެވެ. އޭގެ ކުރިން ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީނުގެ ބާރު ޕީޕީއެމުން ކަނޑުވާލާ ޕީޕީއެމުގެ ދެނައިބު ރައީސުން ކަމުގައިވާ ގައްސާނާއި ނައިފަރު ޝިޔާމް މުއިއްޒުގެ ދެގޮނޑިކޮއްކޮއަށް ހަދިައިގެންނެވެ. ހާއްސަކޮށް ގައްސާނު މައުމޫނު ލައްވައެވެ.
މުއިއްޒަށް ވެރިކަން ލިބުމުން އެއް އާއިލާއެއްގެ އެތައް ބަޔަކަށް ސިޔާސީ މަގާމުތައްް ބަހާލިޔަސް ރައީސް މައުމޫނުގެ ޢައިލާއަކަށް ބައެއްނޭޅިއެވެ. މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނަށް ވެސް ސިޔާސީ މަގާމެއް ނުދިނެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ޓިކެޓެއްވެސް ނުދިނެވެ. އެކަމުގައި މުއިއްޒު ދުއްވީ ދެބޯގެރިއެވެ. އަމިއްލަ ގޮތުން ނިކުންނެވުމަށް ހިއްވަރުދީ ނިކުންނެވުމުން އެކަމަނާ ހޮވުނަ ނުދޭން ކުރެވުނުހާ ކަމެއް މުއިއްޒު ކުރިއެވެ. ހުޅުމާލެ ދެކުނު ގޮނޑި އިދިކޮޅު އެމްޑީޕީއަށް މަޖިލިސް ގޮނޑިދިޔަސް އެނގޮނޑިއަށް މައުމޫނުގެ ބޭފުޅަކު ނުހޮވުން މުއިއްޒަށް މާ ހިތްގައިމެވެ. އެހެން ކަމުން ސިޔާސީ ގޮތުން ދުނިޔާ މައުމޫނުގެ އޮފުވެސް މުއިއްޒު ކަނޑުވާލީއެވެ. މާފަންނު އުތުރު ދާއިރާއަށް މުއިއްޒުގެ ޅިޔަނު ނެރެގެން ފާރިސް މައުމޫނުވެސް މަޖިލީހަށް ވެންނެވިޔަ ނޫދޭން ކުރެވުނު ހުރިހާ ކަމެއްކޮށް ފާރިސް ވެސް ބާކީ ކޮށްލީއެވެ.
މުއިއްޒު ދެން ވަރަކޮށާލާނީ ގައްސާނު މައުމޫނުގެއެވެ. ޑިފެންސް މިނިސްޓަރކަން ދީފައި ބަހައްޓައިގެން މުއިއްޒުގެ ދިފާއުގައި ގައްސާނު ލައްވާ ބޮޑެތި ބޮޑެތި ދޮގުތައް ހައްދާ ގައްސާނު އެވަނީ މިހާރުވެސް ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ. ވަށައިގެން ފެންނަން އޮތީ އެ ހަގީގަތެވެ. މުއިއްޒު ގައްސާނުލައްވާ ކުރުވަމުންދާ ކަންކަމުން ސާފުކޮށް އެކަން އެނގެއެވެ.
އިންޑިއާ ސިފައިން ބޭލުމުގައި ރައްޔިތުންނަށް އޮޅުވާލީއެވެ. ހައިޑްރޮގްރަފީ އެއްބަސްވުމާއި ޔޫޓީއެފް އެއްބަސްވުން ހާމަނުކޮށް އެކަން އަލުން ކުރިއަށް ގެންދާތީއެވެ. ޗައިނާގެ ސާވޭ މަނަވަރެއް ރާއްޖޭގެ ސަރަހައްދަށް ވައްދައިގެން އުޅެގެންނެވެ. އިންޑިއާ ކޯސްޓްގާޑުން ރާއްޖޭގެ މަސްދޯންޏަކަށް އެރިއެރުމަށް އެޅިފިޔަވަޅެއް ނާންގާ ހިންދާލައިގެންނެވެ. މިފާޑުގެވެސް އެތައް ކަމެކެވެ.
ސަރޗް އެންޑް އޮޕަރޭޝަންގައި ޑޯނިއާ ބޭނުން ކުރެވެން ހުރެ ބޭނުން ނުކޮށްގެން އައްޑޫ ކުއްޖަކު ވަނީ ގެއްލިފައެވެ. އިންޑިއާއަށް ޖެއްސުން ކުރުމުގެ ގޮތުން ހެލްކޮޕްޓަރ ބޭނުންނުކޮށްގެން ކުޑަ ކުއްޖެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ތިން މިނިސްޓްރީ އަނދާ ހުލިވީއިރު ކުރެވުނު ކަމެއްނެތި އުޅެނީ ކަމުން ރެކޭށެވެ. މާލޭގައި ފެން ބޮޑުވެގެންވީ އިހުމާލުން ލިބުނު ގެއްލުމުގެ ފޫޅުކެނޑޭނީވެސް ގައްސާނަށެވެ.
މަތިމައްޗަށް ގޯސްތައް ހަދާ ގައްސާނު މައުމޫނު އެވަނީ އަގުވެއްޓި ފަލީހަތްވެ ނިމިފައެވެ. ރައީސް މުއިއްޒު ހީލަތްތެރިކަމާއެކު ރައީސް މައުމޫނާއި ރައީސް ޔާމީނު ނިސްބަތްވާ ކާމިނީ ލެގަސީ މޫނުއަޅާ ސަންދޯކުއަޅާ ސަންދޯކަށް މޮހޮރު އެ ޖެއްސަނީ ގައްސާނު މައުމޫނު ލައްވައެވެ.
މައުމޫނުގެ ސިޔާސީ ސަންދޯކަށް ގައްސާނު މޮހޮރުޖެހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ